ސިނަމާލެ ބްރިޖު ހައިވޭގެ ޓްރެފިކް ލައިޓް ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް އަންނަ މަގުގެ، އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިން ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:12 ގައެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ޕިކަޕެއްގެ ދަށުވެގެން ކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުން ވަގުތުން އޭނާ ވަނީ މަރުވެފައެވެ. ނަމަވެސް، ލިބުނު އަނިޔާތަކުގެ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



