- Advertisement -spot_img

އެމްޓީސީސީގެ ޑީއެމްޑީ ކަމަށް މުބީން އައްޔަންކޮށްފި

އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު މުބީން މިއަދު އައްޔަނުކޮށްފިއެވެ.

އެމްޓީސީސީން ބުނީ މުބީންގެ ލީޑަޝިޕް އަދި ސްޓްރެޓީޖިކް ވިޝަންގެ ސަބަބުން ކުންފުނި އިތުރު ކާމިޔާބީތަކަކާ ހަމައަށް ވާސިލުވާނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

މި ސަރުކާރުގައި މުބީން އެންމެ ފުރަތަމަ އައްޔަންކުރީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ. އެކަމަކު، އެ ކުންފުންޏާއި އެމްއޭސީއެލް އެއްކޮށްލަން ސަރުކާރުން ނިންމުމުން މުބީން ވަނީ އަމިއްލައަށް މަގާމުން އިސްތިއުފާދެއްވާފައެވެ.

ދާދިފަހުން އެމްޓީސީސީގެ ޑީއެމްޑީ ކަމުގައި ހުންނެވި އަހްމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް ވަނީ އެ މަގާމުން އިސްތިއުފާދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް