އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު އެ ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ.
ޒާހިދު ވަނީ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވާފައެވެ.
ޒާހިދު އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަންކުރީ އެ ކޮމިޝަނުގެ ކުރީގެ މެންބަރެއްގެ ދައުރު ހަމަވެގެންނެވެ. ޒާހިދުގެ ކުރިން އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވީ ފުއާދު ތައުފީގެވެ.
ޒާހިދަކީ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ އެ ކޮމިޝަނުން އިސްތިއުފާދެއްވި ސަބަބެއް އަދި ނޭނގެއެވެ.



