- Advertisement -spot_img

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓް ސިނާނަށް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓު، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން ކާމިޔާބުކުރައްވައިފިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ.

އެ ދާއިރާގެ ގޮނޑި ހުސްވީ، އެގޮނޑީގައި ކުރިންވެސް އިންނެވި ސިނާންގެ ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް މިމަހުގެ 12ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.

އެ ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ސިނާންއާ ވާދަކުރީ، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދެވެ.

ޕީއެންސީ ޓިކެޓު ސިނާން ކާމިޔާބު ކުރެއްވީ 226ވޯޓުންނެވެ. ސައީދަށް ލިބުނީ 199ވޯޓެވެ.

މި ބައި-އިލެކްޝަންގައި ސިނާންއާ ވާދަކުރާނީ އެމްޑީޕީގެ ޓިކެޓުގައި، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުالله ސޯދިގު (ސޯބެ)އެވެ.

ގުޅުންހުރި ލިޔުންތައް