- Advertisement -spot_img

ފަތުރުވެރިކަމަށް 2.2 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް ބުރޫއެރުމާ ގުޅިގެން ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރިނަމަވެސް ކަމާގުޅޭ އިދާރާތަކާއެކު ކުރެވުނު މަސައްކަތުން ފަތުރުވެރިކަމަށް 2.2 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ މި އަހަރުގެ މިހާތަނަށް 740,364 ފަތުރުވެރީން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިހާރު ދުވާލަކު އަންނަ ފަތުރުވެރީންގެ ނިސްބަތް ހުރީ 6,885 ގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަމީން ވިދާޅުވިގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރީން ރާއްޖެ އައިސްފައިވަނީ ޗައިނާ އިންނެވެ. އެ ގައުމުން ވަނީ 108,656 ފަތުރުވެރީން ރާއްޖެ އައިސްފައެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ރަޝިޔާ އިންނެވެ. އެ ގައުމުން 92,000 ވުރެ ގިނަ ފަތުރުވެރީން އައިސްފައިވެއެވެ.

މީގެއިރުރުން އިނގިރޭސިވިލާތުން 69,000 ވުރެ ގިނަ ފަތުރުވެރީން އަދި އިޓަލީން 62,000 ވުރެ ގިނަ ފަތުރުވެރީން ރާއްޖެ އައިސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހަނގުރާމައިގެ ކުރީކޮޅު ދުވާލަކު 20 ފްލައިޓް ކެންސަލް ވިޔަސް ފަހުން އެ އަދަދު ވަނީ 16 އަށް މަދުވެފައެވެ. އަދި މިހާރު އެ އަދަދު އެއަށްވުރެ ވެސް ދަށް ކުުރެވިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތުން ފަތުރުވެރިކަމަށް 2.2 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

ގުޅުންހުރި ލިޔުންތައް