ރ. ދުވާފަރު ސްކޫލުގެ 4 ކްލާސްރޫމް އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ވަނީ މި ކަން ހާމަކޮށް އެކްސްގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.
އެ ކުންފުނިން އިތުރަށް ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރުގެ ޕްލާސްޓަރިންގ މަސައްކަތްތައް ކަމަށެވެ.
ދުވާފަރު ސްކޫލް ހިމެނޭހެން އަށާރަ ރަށެއްގެ ސްކޫލްތަކުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ތިން ކުންފުންޏަކާއި ސަރުކާރުން ހަވާލުކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. ދުވާފަރު ސްކޫލްގައި ހަތަރު ކްލާސްރޫމް އެޅުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއަށެވެ. މި މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޖުމްލަ 114.9 މިލިއަން ރުފިޔާއަށް އަރާ ކަމަށް ތައުލީމާއި ބެހޭ ވުޒާރާއިން ކުރިން ވިދާޅުވެފައިވެއެވެ.



