- Advertisement -spot_img

އައު ކައުންސިލަރުން ހުވާކުރުން އަންނަ މަހު 17ގައި

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބުކުރި ކައުންސިލަރުން މަޤާމުގެ ހުވާ ކުރައްވާނީ އަންނަ މަހުގެ 17ގައިކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭއިން ބުނެފިއެވެ.

އެލްޖީއޭއިން ބުނީ އިންތިޚާބީ ކައުންސިލަރުން މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ، މިހާރު ތިބި ކައުންސިލަރުންގެ ފަސް އަހަރުގެ ދައުރު ހަމަވާ ދުވަހު ކަމަށެވެ. ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރަނީ، ކައުންސިލްގެ ދައުރަކީ ފަސް އަހަރުކަމަށެވެ.

ހުވާކުރުމުގެ ރަސްމިއްޔާތު އޮންނަ ގަޑި އަދި ހާމަނުކުރެއެވެ. ގަޑި ކަނޑައަޅާނީ ފަނޑިޔާރުން ލިބެން ހުރި ގޮތަށް ބެލުމަށްފަހުކަމަށް އެލްޖީއޭއިން ބުންޏެވެ.

މިފަހަރުގެ އިންތިހާބުގައި ކައުންސިލްތަކަށް 681 މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވާ 681 މެމްބަރުންނާ އެކު ދެ އިންތިހާބުގައި ޖުމްލަ 1362 މެމްބަރުން ވަނީ އިންތިޚާބުކޮށްފައެވެ. ކައުންސިލަރުން ހުވާކުރުން އޮންނަނީ ވަގުތީ އަދި ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރުމަށްފަހުއެވެ

ގުޅުންހުރި ލިޔުންތައް