- Advertisement -spot_img

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ އިތުބާރު ނެތް ކަމަށް ހުށަހަޅަނީ

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލީހަށް ވެއްދުމަށްޓަކައި ސޮއި ހޯދަން ފަށައިފިއެވެ.

އޭނަގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމުގެ ކަންކަން ފަށާފައ މި ވަނީ ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ލީޑު ކުރައްވާ ފެކްޝަނުންނެވެ. ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ހުށަހަޅާ ހުށަހެޅުމަށް މިހާރު 50 އަށް ވުރެ ސޮއި ލިބިފައިވެއެވެ.

ޣަފޫރަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ގައުމީ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފެށީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ލިބުނު ކާމިޔާބީ ފާހަގަ ކުރަން މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ނަޝީދަށް ނުދޭން ނިންމުމުން ޕާޓީގެ ތެރޭގައި އުފެދިފައިވާ އަރާރުންތަކާ ހެދިއެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަށް ޣަފޫރް ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގަ އެވެ. އޭނަ އަކީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫގެ ދާއިރާގެ މެންބަރު ވެސްމެއެވެ.

ގުޅުންހުރި ލިޔުންތައް