ހޮނިހިރު, މާރޗް 15, 2025
spot_img
- Advertisement -spot_img

ހުޅުމާލޭގައި އިމާރާތްކުރާ މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھا ގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވައިފި

ހުޅުމާލެ ފޭސް އެކެއްގައި އިމާރާތްކުރާ މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھا ގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އަޅުއްވައިދެއްވައިފިއެވެ. ހުޅުމާލޭ ފޭސް އެކެއްގެ ވަގުތީ މިސްކިތް ކުރިން ހުރި ބިމުގައި ބިނާކުރާ މި މިސްކިތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވީ، އެކަމަށްޓަކައި މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިމިސްކިތް އިމާރާތް ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ މި މިސްކިތް އިމާރާތް ކުރުމަށް ހަމެޖެހިފައިވަނީ ދެ ފަންގިފިލާއަށް ދެހާސް މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށެވެ. ރިސަރޗް ލައިބްރަރީއަކާއެކު ބިނާކުރާ މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭ ޖާގައަކާއި، އަންހެނުންނަށް ޚާއްޞަ ފާޚާނާއެއް ވެސް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މިސްކިތުގައި ކަރަންޓު އުފެއްދުމަށް ނިންމާފައިވަނީ، އިރުގެ ހަކަތަ ބޭނުންކޮށްގެންނެވެ.

ހުޅުމާލޭގައި އިމާރާތްކުރާ މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھا ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެތެރެއިން | ފޮޓޯ: ރައީސް އޮފީސް

މަދީނާ އިންވެސްޓްމަންޓްގެ މެނޭޖްމަންޓުގެ ދަށުން ޢިމާރާތްކުރާ މި މިސްކިތަކީ، މ. ޠައިބާ ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރެވޭ މިސްކިތެކެވެ. އަދި މި މިސްކިތް ނިސްބަތްކުރެވިފައިވަނީ ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلمގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھا އަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދާއި އެމަނިކުފާނުގެ ޢާއިލާގެ މެންބަރުންނާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގަތެވެ.

ގުޅުންހުރި ލިޔުންތައް