- Advertisement -spot_img

މާރިޗު މަހު މަސްވެރިންނަށް 29.3 މިލިއަން ރުފިޔާ ދޫކޮށްފި

މިދިޔަ މާރިޗު މަސް ނިމުނުއިރު މަސްވެރިންނަށް 29.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިވި އެވެ.

މިފްކޯގެ ފާސްހިސާބުތަކުން ދައްކާ ގޮތުން ފެބްރުވަރީ މަހާ އަޅާބަލާއިރު މަސްވެރިންނަށް ލިބުނު ފައިސާގެ އަދަދު ވަނީ 44 އިންސައްތަ އިތުރުވެފަ އެވެ. އަދި މާރިޗު މަހު 29.3 މިލިއަން ރުފިޔާ ދޫކުރިއިރު ފެބްރުވަރީ މަހު ދޫކޮށްފައި ވަނީ 20.3 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހު 591 ދޯންޏަކުން މަސް ކިރުވާފަވާއިރު މިދިޔަ ފެބްރުވަރީ މަހު މިފްކޯއަށް މަސްކިރުވީ 514 ދޯންޏަކުންނެވެ. ފެބްރުވަރީ މަހާ އަޅާބަލާއިރު އެއީ 14 އިންސައްތައިގެ ކުރިއެރުމެކެވެ. މާރިޗު މަހު މިފްކޯގެ ފެސިލިޓީތަކަށް ވަނީ ޖުމްލަ 1625 ޓަނުގެ މަސް ކިރުވާފަ އެވެ. ފެބްރުވަރީ މަހު ކިރުވި މަހުގެ ޖުމްލަ އަދަދަކީ 1180 ޓަނެވެ. މިއީ، 37 އިންސައްތައިގެ ކުރިއެރުމެކެވެ. ފައިސާ ދޫކޮށްފައި ވަނީ ކަޅުބިލަ މަހާއި 10 ކިލޯއިން މަތީގެ ކަންނެލި އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި ދޯނި ތަކަށެވެ.

މީގެ އިތުރުން މަސްވެރިންނަށް މާރިޗު މަހު ދޫކުރި 29.3 މިލިއަން ރުފިޔާގެ ތެރެއިން ކަޅުބިލަ މަހަށް 26.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. ދިހަ ކިލޯއިން މަތިން ކަންނެލި ބޭނި ދޯނިތަކުގެ މަސްވެރިންނަށް 7 ލައްކަ ރުފިޔާ ދޫކުރިއިރު، 15 ކިލޯއިން މަތިން ކަންނެލި ބޭނި ދޯނިތަކަށް 1.7 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް