ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ސުއޫދު؛ އިއްޔެވެސް، މިއަދުވެސް އެކްޓިވިސްޓެއް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިއަދު އިސްތިއުފާދެއްވި އަލްއުސްތާޛު ޙުސްނުއްސުޢޫދު އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ފޮނުއްވިއިރު އެއީ ޤާނޫނުގައި ފަނޑިޔާރުން އިސްތިއުފާދެއްވަން އޮތް އިޖުރާއާތާ ޚިލާފު އަމަލެކެވެ. 

ފަނޑިޔާރުންގެ ޤާނޫނުގައި ފަނޑިޔާރުން މަޤާމުން އިސްތިއުފާދެއްވާއިރު އަމަލުކުރަންޖެހޭ ގޮތާއި، ފަނޑިޔާރުންގެ މަޤާމު ހުސްވަނެ ގޮތާއި، އިސްތިއުފާ ހުށަހަޅަންޖެހޭ އިދާރާ ފަދަ ހުރިހާ އުސޫލުތަކެއް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. 

ފަނޑިޔާރުންގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ފަނޑިޔާރަކު އޭނާގެ މަޤާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެ ހިނދެއްގައި އޭނާ އެ މަޤާމުން އިސްތިއުފާދޭކަން އަންގަައި އިސްތިއުފާ ދޭން ބޭނުންވާ ތާރީޚާާއެކު ލިޔުމަކުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅުމުން އެ ލިޔުމުގައި ކަނޑައަޅާފައިވާ ތާރީޚުން ފެށިގެން އޭނާ މަޤާމުން ވަކިވާނެ ކަމަށެވެ. 

އަދި އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދިނުމަކުން ފަނޑިޔާރަކަށް ލިބެންޖެހޭ ޕެންޝަން ނުވަތަ އެނޫންވެސް އިނާޔަތަކުން މަހުރޫމެއް ނުކުރެވޭނެ ކަމުގައެވެ. 

ފަނޑިޔާރުންގެ ގާނޫނުގައި ފަނޑިޔާރުން އިސްތިއުފާދިނުމާ ބެހޭ ގޮތުން އެއްވެސް މާއްދާއެއްގައ ފަނޑިޔާރުންގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާ ވާހަކައެއް ނޯވެއެވެ. ނަމަވެސް ފަނޑިޔާރު ސުއޫދު އިސްތިއުފާދެއްވުމަށް ސިޓީ ފޮނުއްވީ ރައީސަށެވެ. 

ރައީސަށް ސިޓީ ފޮނުއްވުމާއެކު ފަނޑިޔާރު ސުއޫދުގެ ސިޓީ މީޑިޔާތަކަށްވެސް ފޮނުއްވިއެވެ. މިއީ އާންމުކޮށް ފަނޑިޔާރުން އަމަލުކުރައްވާ އުސޫލެއް ނޫނެވެ. ފަނޑިޔާރުން އިސްތިއުފާދެއްވުމުން ނުވަތަ ރިޓަޔާކުރެއްވުމުން އެކަން އިއުލާނުކުރަނީ ޖޭއެސްސީންނެވެ. 

ފަނޑިޔާރު ސުއޫދު މިއަދު އިސްތިއުފާދެއްވައި ފޮނުއްވި ސިޓީއަށް ބަލައިލުމުން އިތުރު ކަމެއް ފާހަގަވިއެވެ. އެ ސިޓީގައި ގާނޫނުއަަސާސީގެ 144 ވަނަ މާއްދާ (ރ)އަށް ހަވާލާދެއްވުމެވެ. މި މާއްދާއަކީ ގާނޫނުއަސާސީގައި ނުވެސް ނެތް މާއްދާއެކެވެ. 

އިސްތިއުފާގެ ސިޓީ ގާނޫނުގައި ސިޓީ ފޮނުވަން ބުނެފައި އޮތް އިދާރާއަށް ނުފޮނުއްވައި ރައީސަށް ފޮނުއްވުމާއި، ސިޓީގައި ގާނޫނުއަސާސީގައި ނުވެސް ނެތް މާއްދާއަކަށް ހަވާލާދެއްވުން ފަދަ ކަންކަމުން އެނގެނީ ފަނޑިޔާރު ސުއޫދަކީ އަދިވެސް އެކްޓިވިސްޓެއް ކަމެވެ. 

ފަނޑިޔާރު ސުއޫދަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އެކްޓިވިސްޓެއްގެ ގޮތުގައެވެ. މަގުމަތީ ހަރަކާތްތަކުން ފެށިގެން އެ ޕާޓީން ކޯޓުތަކުގައި ހިންގި ހަރަކާތްތަކުގައިވެސް އެންމެ ކުރީ ސަފުގައި އޭނާ އުޅުއްވިއެވެ. 

2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ފަނޑިޔާރުކަމަށް ސުއޫދު އައްޔަންކުރެވުނުއިރު، އެ އަހަރުގެ ކުރީ ކޮޅުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ މެންބަރުންގެ ކެމްޕެއިނުގައިވެސް އުޅުއްވިއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެ އިންތިހާބުގައި ވާދަކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކެމްޕެއިންވެސް ކުރެއްވިއެވެ. 

ފަނޑިޔާރުކަމަށް ވަޑައިގަތީ އިންސާފު ހޯދައިދެއްވުމުގެ ނަމުގައި ރައީސް ސޯލިހު އުފެއްދެވި މަރު ކޮމިޝަނުގެ ވެރިޔަކަށް ހުންނަވައިގެން ”ބުންޏޭ ބުންޏޭ“ގެ މައްޗަށް ބިނާކޮށް ކުށެއް ނެތް އެތައް ބައެއްގެ ނަން ހިމަނުއްވައިގެން އެކުލަވައިލެއްވި ރިޕޯޓަކުން އެތައް ދިވެހިންނެއްގެ ދިރިއުޅުން ހަރާބުކޮށްލެއްވުމަށްފަހުއެވެ. 

ދިވެހިންގެ ބަހުރުވާގައި ކުރިން ނުވެސް ނެތް ”މިނިވަން ފިކުރު“ގެ މަފުހޫމު ދިވެހިންގެ ތެރެއަށް އުފަންކުރުވައި، ދީނާ ދުރު ވާހަކަތައް ދެއްކުމަކީ މިނިވަންވުމުގެ ގޮތުގައި ސިފަވާނެހެން އެ ދުވަހު ސުއޫދު ވާހަކަދެއްކެވިއެވެ. 

ސުއޫދު ފަނޑިޔާރުކަމަށް ވަޑައިގަތީ އެމްޑީޕީގެ ރުހުމުގައި އެ ޕާޓީގެ ބާރުގައެވެ. އެއީ އޭނާއަކީ އެ ޕާޓީގެ އެކްޓިވިސްޓަކަށްވާތީއެވެ. ޝަރުއީ ދާއިރާއިން އިންސާފު ލިބޭނީ އެކްޓިވިސްޓު ފަނޑިޔާރުން ކޯޓުތަކުން ބޭރުވެ، ފަނޑިޔާރުކަމަކީ މެރިޓަށް ބިނާކުރެވިގެން ލިބޭ މަގާމަކަށް ވެގެންނެވެ. 

ފަނޑިޔާރުކަމުގެ މަގާމަށް ވަޑައިގަތުމުގެ ކުރިންވެސް ސުއޫދަކީ އެކްޓިވިސްޓެކެވެ. އެމްޑީޕީގެ އެކްޓިވިސްޓެކެވެ. ފަނޑިޔާރުކަމުގެ ހެނދުންކޮޅުގައި ސުޕްރީމް ކޯޓުގެ ބެންޗުގައި އިންނެވިއިރުވެސް އޭނާއަކީ އެކްޓިވިސްޓެކެވެ. 

ގުޅުންހުރި ލިޔުންތައް