- Advertisement -spot_img

މާމެންދޫ މިސްކިތާއި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ބިންގާ އަޅައިފި

ގއ. މާމެންދޫގައި އަލަށް ޢިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ މާމެންދޫ ގޮފީގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވައިދެއްވީ އަލްއުސްތާޛް މުޙްތާޒް މުޙްސިންއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެލައްވާފައިވެއެވެ. މީގެ އިތުރުން މާމެންދޫ ކައުންސިލްގެ އިސްވެރިންނާއި ރަށުގެ ރައްޔިތުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.

މާމެންދޫގައި ބިނާކުރާ މި މިސްކިތުގެ މަސައްކަތް ނިމޭއިރު، ސޯލާ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތް އޭސީ ކުރެވިގެންދާނެއެވެ. އަދި މިސްކިތުގައި އިތުރު ވަސީލްތަކުގެ ގޮތުގައި ކުލާސްރޫމާއި ލައިބްރަރީ ހިމެނިގެންދާނެއެވެ. މި ކުލާސްރޫމްތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ކުލާސްތައް ކުރިއަށް ގެންދިއުމަށެވެ.

ގުޅުންހުރި ލިޔުންތައް