ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

މި ރަމަޟާން މަހު ކޮންމެ ދުވަހަކު އަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ދަރުސް ދެއްވާނެ

އެހެން އަހަރުތަކޭވެސް އެއްފަދައިން މި ރަމަޟާން މަހުވެސް ކޮންމެ ދުވަހަކު އަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ދަރުސް އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފިއެވެ.

އެވުޒާރާއިން މައުލޫމާތު ދެއްވާގޮތުގައި ކޮންމެ ދުވަހުވެސް ދެވޭ މި ދަރުސްތަކުގައި ރާއްޖޭގެ ފުންނާބު އުސް އެކި ޝައިޚުން ތަޤުރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ދަރުސްތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ. އަދި ރާއްޖޭގެ ބައެއް ޓީވީތަކުންވެސް ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް