ޓަގު ބޯޓަކާއި ލޯންޗެއް އެކްސިޑެންޓްވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ، އެމްޕީއެލްއާ ދިމާލު ބޭރުގައި، އެ ކުންފުނީގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހިގެން ހިނގި އެ އެކްސިޑެންޓުގެ މައުލޫމާތު، ލިބުނީ މިއަދު ހެނދުނު 10:39 އެހާއިރު ކަމަށެވެ. އެ އެކްސިޑެންޓުގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް އަންނަނީ ފަރުވާ ދެމުންނެވެ.
ނަމަވެސް ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓް ހިނގި އިރު ލޯންޗުގައި ތިބީ ކެޕްޓަންގެ އިތުރުން ތިން ފަޅުވެރިކެވެ. އެ އެކްސިޑެންޓުގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، މިކަން ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



