spot_img

އީރާނުގެ އިސްވެރިންގެ މައުލޫމާތު ދޭ މީހަކަށް 10 މިލިއަން ޑޮލަރު ދޭން އެމެރިކާއިން ހުށަހަޅައިފި

އީރާނުގެ އާ ރޫހާނީ ލީޑަރު އާޔަތުالله މުޖުތަބާ ޚާމަނާއީ އާއި ސުޕްރީމް ކައުންސިލްގެ ސެކްރެޓޭރިއޭޓް އަލީ ލަރިޖާނީއާ އަދިވެސް އީރާނުގެ ލީޑަރުންނާއި ބެހޭ މައުލޫމާތު ހިއްސާ ކުރާ މީހަކަށް އެމެރިކާ އިން 10 މިލިއަން ޑޮލަރާ ހަމައަށް އިނާމު ދޭން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ރިވޯޑްސް ފޯ ޖަސްޓިސް ޕްރޮގްރާމުން ނިންމައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ އީރާނުގެ ލީޑަރުންނާ ގުޅޭ މައުލޫމާތު ހޯދައިދޭ ފަރާތަކަށް 10 މިލިއަން ޑޮލަރާ ހަމައަށް ފައިސާދޭން ނިންމާފައިވާ ކަމަށެވެ. އަދި މައުލޫމާތު ދެ ފަރާތްތައް އެހެން ތަނަކަށް ބަދަލުވުމުގެ ފުރުސަތު ދޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި ލީޑަރުންނަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އެކި ބައިތައް ކޮމާންޑްކޮށް ޑައިރެކްޓް ކުރާ ބޭފުޅުން ކަމަށްވެސް އެ ޑިޕާޓްމެންޓުން ބުނެފައި ވެއެވެ.

އެމެރިކާ އިން މައުލޫމާތު ހޯދަން ބޭނުންވާ ލީޑަރުންގެ ތެރޭގައި ހިމެނެނީ:

މިނިސްޓަރު އޮފް އިންޓެލިޖެންސް، އިސްމާޢީލް ޚަތީބް

ޑެޕިއުޓީ ޗީފް އޮފް ސްޓާފް، އަލީ އަސްގަރް ހިޖާޒީ

މޭޖާ ޖެނެރަލް ޔަޙްޔާ ރަހީމް ޞަފާވީ

ބްރިގޭޑިއާ ޖެނެރަލް އެސްކަންދަރު މޮމެނީ

ސެކްރެޓަރީ ޓު ދަ ސުޕްރީމް ކައުންސިލް އަލީ ލަރިޖާނީ

މިއަދު ތެހެރާނުގައި ބޭއްވި އަލް ޤުދުސް ޑޭގައި މުޒާހަރާގައި ލަރިޖާނީ ބައިވެރިވެވަޑައިގެންނެވި ފޮޓޯތައް ވެސް ވަނީ ޕޯސްޓްކުރައްވައިފައެވެ.

spot_img

ގުޅުންހުރި ލިޔުންތައް