- Advertisement -spot_img

ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް އަޅުގަނޑު ފެށި މަސައްކަތް ދާނީ ކުރިޔަށް: ރައީސް

ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއްނެތި ދާނީ ކުރިއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހާ ގުޅިގެން ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށްރަށް ދަތުރުކޮށް، ކައުންސިލްތަކުގެ އަޑު ސީދާ އަހައި، ރައްޔިތުންނާ ގާތުން ބައްދަލުވެ، ޙާލަތު ލޮލުން ދެކި، ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް އެމަނިކުފާނު ފެއްޓެވި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށެވެ.

ރައީސް ގެނަދަވަނީ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް މާލީގޮތުން ބާރުވެރިކުރުވައި، ލާމަރުކަޒީ ނިޒާމުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްތަކެއް ފައްޓަވާފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގެ އެންމެ ކައުންސިލެއް ފިޔަވައި ހުރިހާ ކައުންސިލްތަކާއި މިހާތަނަށް ބައްދަލުކުރައްވާފައެވެ. އަދި ބައެއް ކައުންސިލްތަކާ ވަނީ އެއްފަހަރަށްވުރެ ގިނަ ފަހަރުވެސް ބައްދަލުކުރައްވާފައެވެ. މިަކމުގެ އެންމެ ބޭނުމަކީ ކައުންސިލްތަކުގެ ހާލަތު ގާތުން ދެނެގަނެ ހުރި މައްސަލަތަކަށް ހައްލުކޮށްދެއްވުމެވެ. މިގޮތުން މިހާތަނަށް ބައެއް ކައުންސިލްތަކުން އެދުނު ކަންކަން ވަނީ ފާއިތުވި އަހަރެއްހާ ދުވަހުގެތެރޭގައި ހާސިލްކޮށްދެއްވާފައެވެ.

ކައުންސިލްތަކުގެ އިޚްތިޞާސް ފުޅާކޮށްދެއްވުމަކީވެސް ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އެމަނިކުފާނު ކުރައްވާ މުހިންމު މަސައްކަތްޕުޅެކެވެ. އެގޮތުން ބިމުގެ ގޮތުން ދަތި އަދި އިތުރަށް ބިން ބޭނުންވާ ރަށްރަށުގެ އިޚްތިޞާޞްގައި އެރަށްރަށުގެ ކައިރީގައިވާ މީހުން ދިރިނޫޅޭ ރަށްތައް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ކައުންސިލްތަކުންގެ އެދުމުގެ މަތިން ހިމަނައިދެއްވަމުންނެވެ.

މާލީ ގޮތުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމަށް މި ރަމަޟަން މަހުން ފެށިގެން ރަމަޟާންމަހުގެ އިނާއަތް ލިބޭނެގޮތް ވަނީ ހަމަޖައްސައިދެއްވާފައެވެ.

އިމާރާތުގެ ދަތިކަން ބޮޑަށް ކުރިމަތިވެފައިވާ ކައުންސިލްތަކަށް ޚާއްޞަކޮށްގެން ކައުންސިލްތަކުގެ އައު އިމާރާތްތަކެއް އެޅުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. އެގޮތުން 105 ކައުންސިލްގެ އާ އިމާރާތް އެޅުމަށް ނިންމަވާފައިވާއިރު ބައެއް ކައުންސިލްތައް އިމާރަތްކުރުމަށް މިހާތަނަށް ވަނީ ބިންގާ އަޅާފައެވެ. ރައީސްގެ އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި މި އިމާރާތްތައް ނިންމުނެވެ.

ގުޅުންހުރި ލިޔުންތައް