- Advertisement -spot_img

މާލޭ ސަރަހއްދުގައި މިހާތަނަށް 15،000 ގޭބިސީއަށް މަސްދަޅު ކޭސް ދީފި

މާލޭ ސަރަހައްދުގައި ރޭގެ ނިޔަލަށް ޖުމުލަ ފަނަރަ ހާސް ގޭބިސީއަށް މަސްދަޅު ކޭސް ފޯރުކޮށްދެވިއްޖެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އިން މަޢުލޫމާތި ދީފިއެވެ.

ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ވަރަށް ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ކަމަށެވެ. އަދި ހުރިހާ ގޭބިސީއަކަށް ލިބެންދެން މަސައްކަތް ކުރިޔަށް ގެންދާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭން ނިންމި މަސްދަޅު ކޭސް ބަހަން ފެށީ ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ 08:00 ގައެވެ.

އެ މަސްދަޅު ކޭސްތައް ދޫކުރުމަށް ދިގު ކިޔުގައި މީހުން މަޑުކުރުމަށް ލުޔެއް ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ’ރޯދަ ހަދިޔާ‘ ނަމުގައި ޕޯޓަލެއް ހޮނިހިރު ދުވަހު ތާރަފުކޮށްފައެވެ. އޭގެފަހުން މިނިސްޓްރީން ވަނީ މަސްދަޅު ކޭސްތައް ނަގަން ދޫކުރާ ޓޯކަން ނަންބަރު އިތުރުކުރަންވެސް ނިންމާފައެވެ.

މަސްދަޅު ކޭސް ދޫކުރަނީ ރޭގަނޑު 8:00 އިން ރޭގަނޑު 12:00 އާ ހަމައަށް ދެވިފައިވާ ވަގުތުގެ ތެރޭގައެވެ. ކިޔުގައި ނުތިބެ އެ މީހަކަށް ފަސޭހަ ވަގުތެއްގައި މަސްދަޅު ކޭސް ނެގޭތޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅު ކޭސް ދެއްވުމަށް ރައީސް ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރުމަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް