- Advertisement -spot_img

ޕީއެންސީ ގެ ފަރާތުން މާލޭ ސަރަހައްސުގައި ދިރިއުޅޭފަރާތްތަކަށް މާހެފުމެއް ބާއްވައިފި

ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން މާހެފުމެއް ބާއްވައިފިއެވެ.

ކޮންގްރެސް ޕާޓީގެ ފަރާތުން އިންތިޒާމްކުރި މި މާހެފުމުގައި ކޮންގްރެސް ޕާޓީގެ ރައީސް އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ކުރިން އިޢުލާން ކުރެވިފައި ވީނަމަވެސް، ރައީސްގެ ރަސްމީ ޝެޑިއުލް އަށް އައި ބަދަލަކާއި ގުޅިގެން މި ހަރަކާތުގައި ރައީސް ބައިވެރިވެ ވަޑައިނުގަންނަވައެވެ.

އެހެން ނަމަވެސް ޕާޓީގެ ލީޑަރޝިޕް އާއި، ވަޒީރުން އަދި މަޖިލިސް މެންބަރުން މި ހަރަކާތުގައި ބައިވެރިވެ ވަޑައިގަންނެވިއެވެ. މި ފުރުސަތަކީ ރޯދަމަހުގެ ކުރިން ރައްޔިތުންނާއި ސަރުކާރު އަދި ޕާޓީގެ ވެރިން ބައްދަލުކުރައްވާ ކަންކަން ހިއްސާ ކޮށްލުމަށް ރައްޔިތުންނަށް ލިބުނު މުހިއްމު ފުރުސަތެއް ކަމުގައި އެޕާޓީން ވަނީ ބުނެފައެވެ.  

ކޮންގްރެސް ޕާޓީގެ އަންހެނުންގެ ހަރަކާތުގެ ފަރާތުން އިންތިޒާމްކުރި މި މާހެފުން ބާއްވާފައިވަނީ ރޭގައި އާޓިފިޝިލް ބީޗުގައެވެ. މި މާހެފުމުގައި ގިނަ އަދަދެއްގެ ޕީއެންސީ މެމްބަރުންނާއި ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް