- Advertisement -spot_img

މުޅިރާއްޖެ ސާފުކުރުމަށް ”ރޯދަ ސާފު“ ނަމުގައި ހަރަކާތެއް ފަށައިފި

ބަރަކާތްތަތެރި ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާއި ދިވެހި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިސްނަގައިގެން މުޅި ރާއްޖޭގައި ސާފުކުރުމުގެ ހަރަކާތެއް މިއަދު ހެނދުނު ފަށައިފިއެވެ.

މިއަކދު ހެނދުނު 6:30 ގައި ”ރޯދަ ސާފު“ ގެ ނަމުގައި ފެށި މިހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އަލްފާޞިލް އާދަމް ޝަރީފު އުމަރެވެ. މިއަދު 12:00 އާއި ހަމައަށް އަށް މާލޭގައި ކުރިޔަށްދާ މިހަރަކާތުގައި 30 މުއައްސަސާއަކުން 800 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ. މީގެތެރޭގައި ދައުލަތުގެ ބައެއް ވުޒާރާތަކާއި، ކުންފުނިތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި، އެމް.އެން.ޑީ.އެފް އަދި މާލޭ ސިޓީ ކައުންސިލުން ބައިވެރިވެއެވެ.

މިހަރަކާތުގައި ސަރުކާރުގެ ގިނަ މުއައްސަސާތަކުން ބައިވެރިވޭ

މިގޮތުން މާލޭގައި ސާފުކުރުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދާއި، އުސްފަސްގަނޑު ސަރަހައްދާއި، ޕޯޓްސް ލިމިޓެޑް ސަރަހައްދާއި، އިންޑަސްޓްރިއަލް ޒޯނުގެ އިތުރުން ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދެވެ. ހަމަމިގޮތަށް މިހަރަކާތް މިއަދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކުރިޔަށްދާނެއެވެ.

ގުޅުންހުރި ލިޔުންތައް