ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

އިނގިރޭސި ފުޓުބޯޅާގައި ފުރަތަމަ ފަހަރަށް ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރަން ފަށަނީ

ފުޓުބޯޅަ މެޗުތަކުގައި ރެފުރީންނަށް ހެދޭ ގޯސްތައް މަދުކޮށް ވީހާވެސް އިންސާފުވެރިކަމާއިއެކު މެޗުތަކުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ޓެކްނޮލޮޖީގެ ބޭނުން ވަނީ ކުރަންފަށާފައެވެ. އެގޮތުން އިނގިރޭސި ފުޓުބޯޅާގައި ފުރަތަމަ ފަހަރަށް ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރަން ފަށާނެ ކަމަށް އެގައުމުގެ ފުޓުބޯޅަ އިދާރާއިން ބުރާސްފަތި ދުވަހު ވަނީ އިއުލާނުކޮށްފައެވެ. އެމިރޭޓްސް އެފް.އޭ ކަޕްގެ ފަސްވަނަ ބުރުގައި މި ޓެކްނޮލޮޖީ ފުރަތަމަ ފަހަރަށް ބޭނުންކުރުމަށްފަހު ޕްރިމިއަރ ލީގުގައިވެސް މި ޓެކްނޮލޮޖީ ބޭނުންކުރަން ފަށާނެކަމަށް އެފަރާތުން ވަނީ ބުނެފައެވެ. އެގޮތުން މި ސީޒަންގެ 7 މެޗެއްގައި މި ޓެކްނޮލޮޖީ ބޭނުން ކުރެވޭނެއެވެ.

މިހާރު ކުޅޭ މެޗްތަކުގައި ބޯޑަރލައިން އޮފްސައިޑް ހާލަތެއްގައި ކުޅުންތެރިޔަކު ގޯލެއް ޖަހައިފިނަމަ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ރޫމްގައި ތިބޭ އޮފިޝަލުން ތިން މުހިންމު ކަމެއް ނިންމަން ޖެހެއެވެ. އެއީ ބޯޅަ ޖެހުނު ވަގުތާއި، ބޯޅަ ޖެހުނު އިރު ޑިފެންޑަރުގެ ހަށިގަނޑު ހުރި ތަނާއި އެންގަލްއާއި، އަދި އެޓޭކަރުގެ ހަށިގަނޑު ހުރި ތަނާއި އެންގަލްއެވެ. މި ޓެކްނޮލޮޖީ ބޭނުންކުރަން ފެށުމުން މި ތިން ނިންމުންވެސް ނިންމާނީ އޮޓޮމެޓިކުން ޓެކްނޮލޮޖީ މެދުވެރިކޮށެވެ.

ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރަން ފެށުމުން ރެފްރީންގެ ނިންމުންތައް އަވަސްވެގެންދާނެ

މިގޮތުން ބޯޅައާއި ކުޅުންތެރިންގެ ހަރަކާތްތައް މޮނިޓަރކޮށް، ކުޅުންތެރިޔާ އޮންސައިޑްގައި ނުވަތަ އޮފްސައިޑްގައި ހުރިކަން ނިންމާނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެންނެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން ޕްރިމިއަރ ލީގު ކުޅޭ 20 ޓީމުގެ ސްޓޭޑިއަމްތަކުގައި ޚާއްސަ ކެމެރާ ތަކެއް ވަނީ ހަރުކޮށްފައެވެ. އަދި މިސީޒަންގައި ޕްރިމިއަރ ލީގު ކުޅޭ ކުރިހާ ޓީމުތަކުން ވަނީ މި ޓެކްނޮލިޖީ ބޭނުންކުރުމަށް އެއްބަސްވެފައެވެ. އެހެންވަމެސް އަދި އިތުރަށް މިޓެކްނޮލޮޖީ ޓެސްޓްކުރުމަށް ކްލަބުތަކުން ވަނީ އެދިފައެވެ.

އިނގިރޭސި ފުޓުބޯޅަ އިދާރާއިން ބުނެފައިވަނީ ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީއިން ކުޅުންތެރިންގެ ހަރަކާތްތަކަށް ބިނާކޮށް ވާރޗުއަލް އޮފްސައިޑް ލައިން އެޅުމުގައި އިތުރު ހަރުދަނާކަމެއް ގެނެސްދޭނެއެވެ. އަދި ސަޕޯޓަރުންނަށް ސްޓޭޑިއަމްގައި އަދި ދެއްކުމަށް ވާޗުއަލް ގްރެފިކްސް އުފައްދާނެއެވެ.

ގުޅުންހުރި ލިޔުންތައް