ބުދަ, ޑިސެމްބަރ 10, 2025
spot_img
- Advertisement -spot_img

ރައީސް މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ: ޝިޔާމް

ރައީސް ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ދެއްވައިފިއެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން, ރ. ދުވާފަރުގައި މިއަދު ފެށި މަސްވެރިންގެ ގުންޒަރުގައި، ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކަކީ ޒަމާންވީ މައްސަލަތަކެއް ކަމަށާއި އެހެންވެ އެ ހުރިހާ ކަމެއް ހައްލުކުރަން ވަގުތު ނަގާނެ ކަމަށެވެ.

ސަރުކާރުން އެފަދަ ގުންޒަރެއް ބޭއްވުމުގެ މަގްސަދަކީ ވެސް ހުރިހާ މަސްވެރިން އެއްވެ، މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް މަޝްވަރާ ކުރެވޭނެ ގޮތް ފަހިކޮށްދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތް އޮންނަނީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށް ގެންދެވޭ ގޮތަށް ކަމަށާއި، އެ މޮޑެލްއަށް މަސްވެރިކަމުގެ ދާއިރާ ކުރިއަށްގެންދިޔުމަށް ގޮންޖެހުންތަކެއް އެބަހުރި ކަަމަށް ޝިޔާމް ވިދާޅުވިއެވެ.

ޚާއްސަކޮށް، މަހުގެ އަގު ސަރުކާރުން ކަނޑައަޅާއިރު، އޭގެ ސަބަބުން ބޭރުގެ މާކެޓްތަކަށް އުނދަގޫވާ ހާލަތްތަކުގައި ސަރުކާރުގެ ކޭޝް ފްލޯއަށް ދަތިވާ ފަހަރު އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިހާރު ހުރި ގޮންޖެހުންތަކާ އެކު ވެސް މަސްވެރިންގެ ހުރި ޒަމާންވީ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި މި ފަސް އަހަރު ތެރޭ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ހުރިހާ ވައުދުފުޅެއް ފުރިހަމަ ކުރައްވާނެ ކަމަށެވެ.    

ގުޅުންހުރި ލިޔުންތައް