ބުދަ, ޑިސެމްބަރ 10, 2025
spot_img
- Advertisement -spot_img

ސަރުކާރުގެ އަމާޒަކީ މަސްވެރިކަން ޒަމާނީކޮށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދިނުން: ރައީސް

މި ސަރުކާރުގެ އަމާޒަކީ މަސްވެރިކަން އިތުރަށް ފުޅާކޮށް، ޒަމާނީކޮށް، މަސްވެރިންނަށް ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރެއްވުން ކަމަށެވެ. އަދި އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާ ގިނަކޮށް މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދެއްވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާއި ދިވެހީންނާ ގުޅި ލާމެހިފައި ކަމަށެވެ. އަދި އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރަމުން ދަނީ ރ. ދުވާފަރުގައެވެ.

ގުޅުންހުރި ލިޔުންތައް