އަންގާރަ, ޑިސެމްބަރ 9, 2025
spot_img
- Advertisement -spot_img

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދުވާފަރުގައި މަސްވެރިންގެ ގުންޒަރެއް ބާއްވަނީ

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ”މަސްވެރިންގެ ގުންޒަރެއް“ ރ. ދުވާފަރުގައި ބާއްވަން ނިންމައިފިއެވެ.

މަސްވެރިންގެ ދުވަހަކީ މާދަމާ އެވެ. އެ ގުންޒަރަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ގުންޒަރުގައި ދިވެހިރާއްޖޭގެ އެކިއެކި އަތޮޅުތަކުގެ މަސްވެރިންނާއި މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެއެވެ. އަދި މި ގުންޒަރުގެ ބައިވެރިން ވަނީ މިއަދު ދުވާފަރަށް ވަޑައިގަނެފައެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ދުވާފަރުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގެ ތެރޭގައި ”މަސްކެނޑުމުގެ މުބާރާތް“ ހިމެނެއެވެ. މި މުބާރާތް އޮންނާނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. 

މި މުބާރާތުގެ އެންމެ މޮޅު ތިން ފަރާތެއް ހޮވައެވެ. އެއްވަނައަށް 3000ރ. ދެވަނައަށް 2000ރ. އަދި ތިންވަނައަށް ހޮވޭފަރަތާތަކަށް 1000ރ. ދިނުމަށް ހަމަޖެހިފައިވެއެވެ.

މަސްވެރިންގެ ދުވަސް އިހުތިފާލުކުރުމުގެ މަޤްޞަދަކީ، ދިވެހިންގެ ތެރޭގައި އުވެމުންދާ މަސްކެނޑުމުގެ އާދަތައް ދިރުވާ އާލާކުރުމާއި، މަސް ކެނޑުމަކީ މަސްވެރިކަމުގެ ސިނާޢަތަށް މުހިއްމު މަސައްކަތެއްކަން އަންގައި ދިނުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. 

ގުޅުންހުރި ލިޔުންތައް