އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ގާޒީ ފާއިޒު ވަކިކުރަން މަޖިލީހުން ފާސްކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީކަމުން ހުސައިން ފާއިޒް ރަޝާދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ، މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފަށް ފާއިޒު އަމަލުކޮށްފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ.

އެހެންވެ އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅީއެވެ.

ފާއިޒް ކްރިމިނަލް ކޯޓުގެ ގާޒީކަމުން ވަކިކުރަން ނިންމީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓުދެއްވިއެވެ.

ހުސައިން ފާއިޒު ރަޝާދަކީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ، ކޯޒީކޯނާ، އުމުރުން 41 އަހަރުގެ  އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލަން އަމުރު ކުރި ގާޒީއެވެ.

އަންވަރު މިނިވަން ވުމުން ސްރީ ލަންކާއަށް ގޮސް ފިލަން ކުރި މަސައްކަތް ދިވެހި ފުލުހުންނާއި ލަންކާގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން ވަނީ ފެއިލްކޮށްލާފައެވެ.

ލަންކާއިން ވަނީ އެ ގައުމަށް އެތެރެވިޔަނުދީ އަންވަރު ޑީޕޯޓްކޮށް އަނބުރާ ފޮނުވާލާފައެވެ. ރާއްޖެ އައުމާއެކު އަންވަރު ވަނީ އަލުން ހައްޔަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް