ރ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ އަރުތަ ފުޓްސަލް ޗެލެންޖު 2024 ޗެމްޕިއަންކަން ދުވާފަރު ހޯދައި ތަށި މިލްކުކޮށްފިއެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ދުވާފަރު ވިދި ވިދިގެން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. ތިންފަހަރުވެސް ދުވާފަރު ފައިނަލްގައި ވާދަކޮށްފައިވަނީ ވާދަވެރި އިނގުރައިދޫއާއެވެ.
މިއަދުގެ މެޗު ދުވާފަރު ޓީމުން ކާމިޔާބުކޮށްފައިވަނީ 11-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުޅި މުބާރާތުގައިވެސް ތަފާތު ކުޅުމެއް ދެއްކި ދުވާފަރު ޓީމުގެ ޖާރޒީ ނަންބަރު 30 މުހައްމަދު އިސާމް ( ސަންޓޭ)އެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމް ދުވާފަރަށް 30،000ރ ގެ ފައިސާގެ އިނާމު ދީފައިވާއިރު، ރަނަރަޕް ޓީމް އިނގުރައިދޫއަށް 20،000ރ ގެ ފައިސާގެ އިނާމު ދީފައިވެއެވެ. މިމުބާރާތުގެ ޕެއަރ ޕްލޭޓީމަށް ހޮވުނީވެސް އިންނަމާދޫއެވެ.
މުބާރާތުގެ މުހިއްމު ވަނަތައް
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން
ދުވާފަރު ޓީމުގެ މުސްލިމް މުހައްމަދު
ދުވާފަރު ޓީމުގެ މުހައްމަދު އިސާމް
ދުވާފަރު ޓީމުގެ އަހުމަދު އީސަ
ދުވާފަރު ޓީމުގެ އިބްރާހިމް ނަދީމު
އިނގުރައިދޫ ޓީމުގެ އައިހަމް
އެންމެގިނަ ގޯލް ޖެހިކުޅުންތެރިޔާ : ދުވާފަރު ޓީމުގެ މުހައްމަދު އިސާމް
އެންމެ މޮޅު ކޯޗު : ދުވާފަރު ޓީމު ކޯޗު ޔާނިއު އަލީ
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ : ދުވާފަރު ޓީމުގެ މުހައްމަދު އިސާމް (ސަންޓޭ)