އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ފޭރެމުން ދިޔަ މީހަކު ހައްޔަރުކޮށްފި

މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ފޭރެމުން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބ. ތުޅާދޫ، މަންޒަރުގޭ މުޙައްމަދު ޝާވިން، 23، އެވެ.

ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ ޑޮލަރު މާރުކުރުމަށް ވައިބަ ގްރޫޕަކުން ފެނުނު ފަރާތަކަށް 1،250 ޑޮލަރު ޓްރާންފަކުރުވައި އެ ޑޮލަރަށްވާ ރުފިޔާ ދީފައި ނުވާތީ މި މަހުގެ 27 ގައި ހުށަހެޅުނު ހުށަހެޅުނު މައްސަލައާ ގުޅިގެން ކަމަށެވެ.

އެ ފައިސާ ފުލުހުން މިހާރު ހޯދާފައިވާ އިރު، ޝާވިން ފޭރިގަތް އިތުރު ފައިސާތަކެއް ވެސް ރިކަވަކޮށްފައިވާ ކަމަށެވެ.

ޝާވިން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ސޯޝަލް މީޑީއާގެ އެކި މަންސަތަކުގައި އެކި ހިދުމަތް ފޯރުކޮށްދޭ ކަމަށް ބުނެ، ފޮނުވަން އެދިފައި ވަނީ އެކި ވިޔަފާރީގެ ނަމުގައި ހުންނަ އެކައުންޓްތަކަށްކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ޑޮލަރު މާރުކުރުމާއި ތަކެތި ވިއްކުމާއި އެހެން ބައެއް ޚިދުމަތްތައް ފޯރުކޮށްދޭ ނެކަމަށް ބުނެ އެ ހިދުމަތްތަކަށް ފައިސާ އެކި ވިޔަފާރި އެކައުންޓްތަކަށް މަކަރާއި ހީލަތުން ޖަމާކުރުވައި، އެ ވިޔަފާރިތަކަށް ގުޅައިގެން ނަގުދު ފައިސާގެ ގޮތުގައި ނަގައި، ނަގުދު ފައިސާ ނުލިބޭ ހާލަތްތަކުގައި އެ ފައިސާއަށްވާ މުދާ ވެސް ޝާބިން ނަގަމުން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް