އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހްމަދު ނަސީމް ވާދަކުރައްވަން ނިންމަވައިފިއެވެ.
އެކްސްގައި މީކާއީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
”މި ޕާޓީގެ ލީޑާޝިޕުން އާ ޖީލަކަށް ފުރުސަތު ހޯދުމުގެ މި މުހިންމު މަސައްކަތުގައި އެމްޑީޕީގެ އާންމު މެންބަރުންގެ އެއްބާރުލުމާއި ތާއީދަށް އެދެން،“ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒު އިސްމާއީލް ވަނީ މިމަހުގެ 23ވަނަ ދުވަހު އިސްތިއުފާދެއްވާފަ އެވެ.
ފައްޔާޒު އިސްތިއުފާ ދެއްވުމުން ވަގުތީ ޗެއާޕާސަނެއް ހޮވުމަށް ރޭ ގައުމީ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވެ ވަނީ ހުއްޓާލާފައެވެ.



