އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ދިއްދޫ އަތޮޅު ހޮސްޕިޓަލަށް ސީޓީ، މެމޮގްރަފީ އަދި އެކްސްރޭގެ ޚިދުމަތް

ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު، އަތޮޅު ހޮސްޕިޓަލްގައި ސީޓީ، މެމޮގްރަފީ އަދި އެކްސްރޭ ޚިދުމަތްދިނުމަށް އާ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ފޯ ހެލްތު އަހުމަދު ޤާސިމް އެވެ. އަދި މަސައްކަތާ ހަވާލުވި ޕާފެކްޓް މަލަފެހި މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މާކެޓިންގ މެނޭޖަރ، މުޙައްމަދު ޢިމާދު އެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަބްދުލް ލަތީފް މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ދިއްދޫ އަތޮޅު ހޮސްޕިޓަލުގައި އަލަށް ހަދާ އިމާރާތުގައި ސީޓީ އާއި އެކްސް ރޭ ރޫމުގެ އިތުރުން އަލްޓްރާސައުންޑް ސްކޭން އާއި ސްޕީޗް ތެރަޕީ ރޫމެއް ހިމެނޭނެ އެވެ.

ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަސައްކަތުގެ އަގަކީ 4.9 މިލިއަން ރުފިޔާ އެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ، ޢަބްދުﷲ ނާޒިމް އިބްރާހިމް އާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން އަދި މިނިސްޓްރީގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ގުޅުންހުރި ލިޔުންތައް