އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ވިންޓަރ ޕާކު ހުރި ސަރަހައްދުގައި އީ- ގޭމިންގ މަރުކަޒެއް ތަރައްގީކުރަނީ

ސަލްޓަން ޕާކުގެ ވިންޓަރ ޕާކު ހުރި ސަރަހައްދުގައި އީ- ގޭމިންގ މަރުކަޒެއް، ބުރުޒު މަގުގައި އާކޭޑެއް އަދި ކުޑަކުދިންގެ ކުޅިވަރު ކުޅޭ މަރުކަޒެއް ތަރައްގީކުރައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ، މާލޭ ސިޓީގެ މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ މި ސަރުކާރަކީ ތިމާވެއްޓަށް އިސްކަންދޭ ސަރުކާރެއްކަމުގައިވާނަމަވެސް، އިންސާނީ ދިރިއުޅުމަށް އުނދަގޫވާނަމަ، އޮންނަ އުސޫލެއްގެ ދަށުން ބޮޑެތި ގަސްތައް ނަގައި، ބަދަލުގައި ގަސް އިންދައި، ރާއްޖޭގެ ފެހިކަމަށް އިސްކަންދެއްވާނޭކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ، އަރަބިއްޔާ ސްކޫލް ހުރި އިމާރާތް ބޭނުންކުރާނޭ ގޮތާމެދު ރައްޔިތުންގެ ހިޔާލު ހުށަހެޅުއްވުމަށްވެސް އެދިވަޑައިގެންފައެވެ.

އަދި ރައްޔިތެއްގެ އަމިއްލަ ކަމެއް ކަމުގައިވިޔަސް، އަދި ޖަމައީ ކަމެއް ކަމުގައިވިޔަސް، ރައްޔިތުން ފާޅުކުރެއްވި ބިނާކުރަނިވި ހިޔާލުތަކަށް ސަމާލުކަންދެއްވައިގެން އެކަންކަން ބައްލަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް