ހޮނިހިރު, މާރޗް 15, 2025
spot_img
- Advertisement -spot_img

މަސްވެރިކަމާ ކަނޑުގެ ވަސީލަތާ ބެހޭ 25 އަހަރުގެ މާސްޓަރ ޕްލޭނެއް ހެދުމައް ފެށުން

ދިވެހި ރާއްޖޭގެ ތަރައްގީއަށް ކުރެވޭ ކަންކަމަކީ ރޭވިފައިވާ ޕްލޭނެއްގެ ދަށުން ކުރާ ކަންތައްތަކަށް ހެދުމަށްޓަކައި ގާނޫނަކުން ބާރުލިބޭ ގައުމީ ތަރައްގީގެ ވިހި އަހަރުގެ ޕްލޭނެއް އެކުލަވާލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވައުދު ފުޅެކެވެ.

މަސްވެރި ސިނާއަތް ތަރައްގީކޮށް ސިންދަފާތުކޮށް ކުރިއެރުވުމަށް ކުރާ ކަންތައްތަކަކީ ވެސް ރޭވި ކުރެހިފައިވާ އިސްތިރާޖީ ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދާ ކަންތައްތަކަށް ހެދުމަށް ޓަކައި މަސްވެރި ވުޒާރާއިން ވަނީ މަސްވެރިކަމާއި ކަނޑުތަކުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް ނިންމާފައެވެ.

މި އިސްތިރާޖީ މާސްޓަރ ޕްލޭނުގައި ކުރިއަށް އޮތް 25 އަހަރުގައި މަސްވެރި ސިނާއަތުގެ ވިޝަން އަދި މިޝަންތައް ކަނޑައެޅޭނެއެވެ. ހަމަ އެހެންމެ ކަނޑުތަކުގެ ވަސީލަތް ފުރިހަމައަށް ބޭނުންކޮށް އިގްތިސާދީ ނަފާ އިތުރުކުރުމަށް ލަނޑުދަނޑިތަކެއް ރޭވި އެކަން ހާސިލުކުރުމަށް ކުރާނެ ކަންކަން މި ޕްލޭނުގައި ހިމެނިގެން ދާނެއެވެ.

މި ކަމަށް ބޭނުންވާ ފައިސާ ވޯރލްޑް ބޭންކުގެ އެހީގެ ތެރެއިން ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް