ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

’މަގޭ ސާފު ރާއްޖެ‘ ގައުމީ ކޮންފަރެންސް 2025 ރަސްމީކޮށް ފަށައިފި

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ކޮންމެ ރަށެއް ސާފުތާހިރުކަމާއެކު ބެހެއްޓުމަށް އަމާޒުކޮށްގެން ބާއްވާ ’މަގޭ ސާފު ރާއްޖެ‘ ގައުމީ ކޮންފަރެންސް 2025 ރަސްމީކޮށް ފަށައިފިއެވެ.

މި ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ އިސްވެރިން، ކުންފުނިތަކުނާއި، ތިމާވެށި ދާއިރާގެ ތަޖުރިބާކާރުންނާއި، އެކިއެކި ރަށްރަށުގެ ރައްޔިތުންގެ ތަމްސީލުކުރާ ފަރާތްތަކުންނާއި، ޖަމިއްޔާ ޖަމާއަތްތަކުން ގިނަ އަދަދެއްގެ ބައިވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

’މަގޭ ސާފު ރާއްޖެ‘ ގައުމީ ކޮންފަރެންސް 2025 ރަސްމީކޮށް ފެށުން | ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ

’މަގޭ ސާފު ރާއްޖެ2025‘ ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ކޮންމެ ރަށެއްގެ ސާފުތާހިރުކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމާއި، ކުނި މެނޭޖްކުރުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ. މީގެ އިތުރުން ރައްޔިތުންގެ މެދުގައި ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކޮށް، ސާފުތާހިރުކަމުގެ ސަގާފަތެއް އާލާކުރުމަށް މި ކޮންފަރެންސުން ބާރު އަޅާނެއެވެ.

’މަގޭ ސާފު ރާއްޖެ‘ ގައުމީ ކޮންފަރެންސް 2025 ރަސްމީކޮށް ފެށުން | ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ

މިކޮންފަރެންސްގެ ތެރެއިން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކާއި، ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ.

މި ކޮންފަރެންސަކީ ދިވެހިރާއްޖެއަށް ސާފުތާހިރު މާހައުލެއް ޤާއިމުކުރުމަށްޓަކައި އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. ފެށުމުގެ ރަސްމިއްޔާތުގެ ވަގުތުކޮޅުތައް ދައްކުވައިދިނީ މި މަސައްކަތަށް ގިނަ ބަޔެއްގެ ތަރުހީބާއި އެއްބާރުލުން ލިބިފައިވާ މަންޒަރެވެ.

ގުޅުންހުރި ލިޔުންތައް