ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ނެދަލޭންޑްސް އިން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފި

ފީފާ ވޯލްޑްކަޕް ކޮލިފައިންގް ގުރޫޕް ޖީގައި އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއަކުން ލިތުއޭނިއާ ބަލިކޮށް ނެދަލޭންޑްސް އިން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ނެދަލޭންޑްސް އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ތިޖާނީ ރެއިންޑަސް އެވެ. އަދި މީގެއިތުރުން ވެސް މިހާފުގައި އެޓީމުން ވަނީ ލިތުއޭނިއާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ނެދަލޭންޑްސް އަދި ލިތުއޭނިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ނެދަލޭންޑްސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ނެދަލޭންޑްސް އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު މިހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މެޗުގެ ދެވަނަ ހާފުގައި ނެދަލޭންޑްސްގެ ޒަވީ ސިމޯން، ޑޮންޔެލް މާލެން އަދި ކޯޑީ ގައްޕޯ މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، ގައްޕޯގެ ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކުރި ލަނޑެކެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު އަށް މެޗުން ހޯދި 20 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ނެދަލޭންޑްސް އިން ކަށަވަރުކުރިއިރު. މިގުރޫޕްގެ ދެވަނަ ލިބުނީ މަލްޓާ އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވި ޕޮލެންޑް އެވެ. އެޓީމަށް އަށް މެޗުން 17 ޕޮއިންޓް ލިވިފައިވާއިރު، މިމެޗުން ބަލިވި ލިތުއޭނިއާ އިން ކޮލިފައިންގް ނިންމާލީ އަށް މެޗުން ހޯދި ތިން ޕޮއިންޓާއެކު ގުރޫޕްގެ ފުލުގައި އޮވެއެވެ.

ގުޅުންހުރި ލިޔުންތައް