ކުރިއަށް އޮތް ރޯދަ މަހު ކާޑުގެ ބަދަލުގައި ކޮންމެ ގޭބީސީއަކަށް މަސް ދަޅު ކޭހެއް ހިލޭ ދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިޒު މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ސޯސަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިޔާތުގައި އެވެ.



