ހަ އަތޮޅަކުން ޖުމްލަ 11 ރަށެއްގައި ހައުސިން ޔުނިޓް އަޅައިދޭނެ ފަރާތެއް ހޯދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފިއެވެ.
އެޗްޑީސީން ކޮށްފަވާ އިއުލާނުގައި ވިދާޅުވެފައިވަނީ ހދ، ށ، ލ، ރ، ޅ އަދި އައްޑޫ ސިޓީގެ ރަށްތަކުގައި ބޯހިޔާވެހިކަމުގެ މަޝްރޫއު ހިންގާނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެގޮތުން އެ ހަ އަތޮޅުން ޖުމްލަ 12 ރަށެއްގައި ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
ހދ. ކުޅުދުއްފުށި – 2400 ހައުސިން ޔުނިޓް
ހދ. ނެއްލައިދޫ- 60 ހައުސިން ޔުނިޓް
ހދ. ހަނިމާދޫ – 500 ހައުސިން ޔުނިޓް
ހދ. ނޮޅިވަރަމްފަރު – 100 ހައުސިން ޔުނިޓް
ށ. މިލަންދޫ – 50 ހައުސިން ޔުނިޓް
ލ. ގަން – 100 ހައުސިން ޔުނިޓް
ރ. ދުއާފަރު – 50 ހައުސިން ޔުނިޓް
ޅ. ނައިފަރު – 300 ހައުސިން ޔުނިޓް
ސ. ފޭދޫ – 50 ހައުސިން ޔުނިޓް
ސ. ހިތަދޫ – 100 ހައުސިން ޔުނިޓް
ސ. މަރަދޫ – 50 ހައުސިން ޔުނިޓް
އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް، ބިޑް ހުށަހެޅުމަށް އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެ ކަމަށް އެޗްޑީސީއިން ބުންޏެވެ.



