އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ތުރުކީގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

ތުރުކީގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި، އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު މަރުވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއަށާއި، ތުރުކީގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޙާދިޘާގައި މަރުވި ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، އެ ޢާއިލާތަކަށް މާތް الله ސުވަރުގޭގެ މިންވަރު ދެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ. އަދި ސަރޗް އެންޑް ރެސްކިއު ޓީމުތަކުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތުގެ ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.

ރައީސްގެ ޕޯސްޓުގައި ހިތާމައިގެ މިދަނޑިވަޅުގައި، ތުރުކީގެ ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ތުރުކީގެ ވައިގެ އުޅަނދު ވެއްޓުނީ ޖޯޖިއާ އާއި އަޒަރުބައިޖާން ބޯޑަރު ކައިރިންނެވެ. ރިޕޯޓުތައް ބުނާގޮތުން އެ އުޅަނދުގައި 20 މީހުން ދަތުރުކުރިއެވެ. މީގެ ތެރެއިން ބައެއް މީހުން އަދިވެސް ފެނިފައިނުވެއެވެ.

ތުރުކީގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ ޑިސްޓްރެސް ސިގްނަލެއް ނުލިބެނީސް ތުރުކީގެ އުޅަނދު ރާޑަރުން ގެއްލުނު ކަމަށެވެ. އަދި އެ ބޯޓު ވެއްޓިފައިވަނީ އަޒަރުބައިޖާންގެ ބޯޑަރު ކައިރިން ޖޯޖިއާގެ އަވަށަކަށް ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް