އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އައްޑޫ ސިޓީގައި މަސްވެރިކަމުގެ ބަނދަރެއް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް، މިދިޔަ އާދިއްތަ ދުވަހު ސިނޯމެކް ސީއެމްއީސީ ގްރޫޕްގެ ރައީސް ފަންގް ޔަންޝުއީ އަދި އެ ގްރޫޕުގެ ޒިޔާރަތްކުރާ ވަފުދާއެކު ބައްދަލުކުރައްވައި، އައްޑޫ ސިޓީގައި މަސްވެރިކަމުގެ ބަނދަރެއް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މި މަޝްރޫޢުގެ މަސައްކަތް އަވަސްކޮށް، ވަގުތަށް ނިންމުމަށް އިސްކަންދިނުމުގެ ގޮތުންނެވެ.

އައްޑޫ ސިޓީގައި މަސްވެރިކަމުގެ ބަނދަރެއް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރުން | ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

މި ބައްދަލުވުމުގައި، ސަރުކާރާއި ސީއެމްއީސީ ގްރޫޕާއި ދެމެދު އައްޑޫގައި މަސްވެރިކަމުގެ ބަނދަރެއް ތަރައްޤީކުރުމަށް ސޮއިކުރެވިފައިވާ ފަހުމުނާމާއާ ގުޅޭގޮތުން ވަރަށް ތަފްސީލީ މަޝްވަރާތަކެއް ކުރެވުނެވެ. މި މަޝްރޫޢު ތަންފީޛުކުރުން އަވަސްކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި، މަޝްރޫޢުގެ މަސައްކަތް ވަގުތަށް ނިންމޭނެކަން ކަށަވަރުކުރުމާ ބެހޭގޮތުން ވަނީ ޚިޔާލު ބަދަލުކުރެވިފައެވެ.

އައްޑޫ ސިޓީގައި މަސްވެރިކަމުގެ ބަނދަރެއް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރުން | ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

ސީއެމްއީސީ ގްރޫޕްގެ ރައީސް ފަންގް ޔަންޝުއީ ވަނީ މި މަޝްރޫޢަށް މިނިސްޓްރީއިން ދެއްވާ ގާތް އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އައްޑޫ ސިޓީގެ އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީއާއި މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމުގައި މި މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވައި، މި މަޝްރޫޢަށް ސީއެމްއީސީގެ ފުރިހަމަ އިލްތިޒާމް ކަށަވަރުކޮށްދެއްވިއެވެ.

މި މަޝްރޫޢަކީ އައްޑޫ ސިޓީގެ މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ، އަދި ސިޓީގެ ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ފައިދާހުރި ވަޒީފާގެ ފުރުޞަތުތައް ގިނަކުރާނެ މަޝްރޫޢެއް ކަމަށް ސަރުކާރުން ބައްލަވައެވެ.

ގުޅުންހުރި ލިޔުންތައް