ރ. އަތޮޅު ކައުންސިލް އަރުތަ ފުޓްސަލް ޗެލެންޖު 2024 ގެ ފައިނަލަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ދުވާފަރު ދަތުރުކޮށްފިއެވެ.
މިއަދު ހަވީރު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ދުވާފަރާއި ދެކޮޅަށް ކުޅުނީ ހުޅުދުއްފާރެވެ.
މި މެޗް ދުވާފަރުން ކާމިޔާބު ކުރީ 10-1 އިންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗަށް ހޮވުނީ ދުވާފަރު ޓީމުގެ މުހައްމަދު އިސާމް (ސަންޓޭ) އެވެ.
ދުވާފަރުން މި އަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވާއިރު ދުވާފަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޗެމްޕިއަނުންނެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗް ކުޅޭނީ މިރެއެވެ. އެ މެޗްގައި ބައްދަލުކުރާނީ އިނގުރައިދޫއާއި އުނގޫފާރެވެ.
މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވާ ހޯމަދުވަހުގެ ހަވީރު 3:45 ގަ އެވެ.