ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ރައީސް މުއިއްޒުގެ ފަހަތުގައި ތިބިކަން ސާބިތުކޮށްދޭން ރަށްރަށުން މި މަހުގެ 14 ގައި މާލެ އަރާނެ: އަބްދުއްރަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތުގައި ތިބިކަން ސާބިތުކޮށްދޭން ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހި ރައްޔިތުން މި މަހުގެ 14 ވަނަ ދުވަހު މާލެ އަރާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ

މި ޖަލްސާއަށް ރައްޔިތުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ކޮށްދެއްވި ހިދުމަތްތައް ގަބޫލުކޮށް އެކަންކަން ބަލައިގަންނާތީ ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ މި ޖަލްސާގެ ތެރެއިންވެސް އުންމީދު އައުވާނެ އިތުރު އެތައް ކަމެއް އިއުލާނުކުރެވިގެންދާނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ މި ޖަލްސާގައި ދައްކަވާ ވާހަކަފުޅުގެ ތެރެއިން ރައްޔިތުންނަށް އުންމީދު ލިބިގެންދާނެ އެތައް ކަމެއް އިއުލާނުކުރެވިގެންދާނެ ކަމަށެވެ. 

ރައީސް މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ކުރެއްވި ދަތުުރުފުޅުތައް ނިމުނު ހަފުތާ ތެރޭގައި ނިންމަވައިލެއްވިއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރަައްގީގެ ގިނަ އަދަދެއްގެ މަޝްރޫއުތައް ފެށިފައިވާ އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފާއިތުވި ބުރާސްފަތި ދުވަހަކީ އެއް ފަހަރާ އެންމެ ގިނަ މަޝްރޫއު ދިވެހި އަމިއްލަ ކުންފުނިތަކާ ހަވާލުކުރެވުނު ދުވަސްކަންވެސް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. 

”ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގިގެން އޮޅުންފިލުވާކަށް ނޫން. ރައްޔިތުން އެ އަންނަނީ އެމީހުންނަށް މިވާނުވާ އެނގޭތީ، ކަން ހިނގާ މަގު އެނގޭތީ، މިވެރިކަން ދާ މިސްރާބު ރަނގަޅުކަމަށް ގަބޫލުކުރެވޭތީ، އާ ރޫހަކާއެކު އާ ދިރުމަކާއެކު އާ މުސްތަގުބަލަކަށް އުންމީދުކޮށްގެން އަންނަނީ. ޔަގީންކަން އެބައޮތް ޕީއެންސީ ސަރުކާރެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒާއެކު އެބޭފުޅުން ބޭނުންވާ ތަރައްގީގެ މަންޒިލަށް ވާސިލުވެވޭނެކަން،“ އަބްދުއްރަހީމް ވިދާޅުވިއެވެ. 

އަދި އަަބްދުއްރަހީމް ވިދާޅުވީ 14 ވަނަ ދުވަހު އާޓިފިޝަލް ބީޗަށް ދިވެހި ރައްޔިތުން ޖަމާވަނީ ވާދަވެރި ފިކުރުގެ މީހުން ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާތީ ކަމަށާއި، އެ އެއްވުމުން ރާއްޖެ އޮތީ ކިހިނެއްކަން އަދި ރައްޔިތުން ތިބީ ކިހިނެއްކން ސާފުކޮށް ފެނިގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް