ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޙިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލްގައި މި ޚިދުމަތް ފަށާފައި ވަނީ ރައީސް ޑރ. ނުހައްމަދު މުޢިއްޒު މިއަދު ފުވައްމުލަކު ސިޓީ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސްގެ މި ޒިޔާރަތުގެ ތެރެއިން ފުވައްމަލު ސިޓީގެ ވޭސްޓް މެނޭޖްނަންޓް ސެންޓަރުގެ މަސައްކަތް ފަށާފައިވާއިރު، ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ ވެސް ވަނީ އަޅާފައެވެ. މީގެ އިތުރުން އެ ސިޓީގައި މިއަދު ޑޮލަރު އޭޓީއެމެއްގެ ޚިދުމަތް ފަށާފައިވާއިރު، އެ ސިޓީގައި އަލަށް ތަރައްގީކުރި ފުޓްސަލް ދަނޑުވެސް ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ހުޅުއްވައިދެއްވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީގައި ވަނީ އިތުރު މަޝްރޫޢުތަކެއް ވެސް ފައްޓަވައި ދެއްވާފައެވެ. މީގެ ތެރޭގައި ފުލުހުންގެ އެކަމަޑޭޝަން ބްލޮކެއް އެޅުމުގެ މަޝްރޫޢުއާއި އެ ސިޓީގައި ނެޝަނަލް ލައިބްރަރީގެ ބްރާންޗެއް ގާއިމުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުން ހިމެނެއެވެ. ރައީސް ވަނީ ފުވައްމުލައް ސިޓީ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ވެސް މިހާރު ބައްދަލުކުރަށްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ.
ރައީސް ވަނީ ރޭ ފުވައްމުލަކު ސިޓީގެ ރައްޔިތުންނާ ވެސް ބައްދަލުކުރަށްވައި ވަގުތު ހޭދަކުރަށްވާފައެވެ.



