ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ހުޅުމާލެ ފޭސް3 ގެ ބިން ހިއްކަން ތައްޔާރުވެއްޖެ

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް ނިންމައި، އެ ސަރަހައްދުގައި މަސައްކަތްތަކަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން އަލުން ފެށުމަށް، ބިން ހިއްކަމުންގެންދާ ސަރަހައްދުގައި މަސައްކަތްތަކަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުގައި އަޅާފައިވާ އުޅނދުތައް ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ކުރިން އެ ސަރަހައްދުން އެ އުޅަނދުތައް ނެގުމަށް ވަނީ އަންގާފައެވެ. ނެގޭ އުޅަނދުތައް އެ ސަރަހައްދުން ބޭރުގައި އެޅުމަށް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ މަސައްކަތް ކުރިން ހަވާލުކުރި ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އިން އެ މަސައްކަތް ވަނީ ހުއްޓާލާފައެވެ.

ހުޅުމާލެ ފޭސް3 ހިއްކައި އެތަނުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް