ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

އަޒަރުބައިޖާން އެއާލައިންސް އާ ޓާމިނަލަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން އަޒަރުބައިޖާން އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން އަޒަރުބައިޖާން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމްހާދު އިބްރާހިމްއެވެ.

އަޒަރުބައިޖާން އެއާލައިނަށް އާ ޓާމިނަލުން ޚިދުމަތް ދޭން ފެށުން | ފޮޓޯ: އެމްއޭސީއެލް

މި ރަސްމިއްޔާތުގައި އަޒަރުބައިޖާން އެއާލައިންސް އިން ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އަޒަރުބައިޖާން އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް ވެސް އަރުވާފައިވެއެވެ.

އަޒަރުބައިޖާން އެއާލައިނަށް އާ ޓާމިނަލުން ޚިދުމަތް ދޭން ފެށުން | ފޮޓޯ: އެމްއޭސީއެލް

އަޒަރުބައިޖާން އެއާލައިންސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 16 ވަނަ އެއާލައިނެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް