އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ވަގަށް ނެގި 20000 ޑޮލަރު ފުލުހުން ހޯދައިފި

ހުަޅުމާލެ ފޭސް 3 ގައި ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި ޑޮލަރުތަކަކާއި އެހެނިހެން ތަކެތި ހޯދައި ވެރިފަރާތާ ފުލުހުން ހަވާލުކޮށްފިއެވެ. 

މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 2:40 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، ބިދޭސީން ދިރިއުޅޭ ސައިޓަކުން ވައްކަންކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބުނުކަމަށް ފުލުހުން ބުނެއެވެ.

މި މައުލޫމާތު ލިބުމުން އެ ސައިޓަށް ގޮސް މައުލޫމާތު އޮޅުންފިލުވިއިރު ދަބަހެއް ވަގަށް ނަގާފައިވާކަމާއި އެ ދަބަހުގައި 20000 ޑޮލަރު ހުންނާނެކަމަށާ އަދި އެހެނިހެން ތަކެތި ވެސް ވަގަށް ނަގާފައިވާކަމަށް މައުލޫމާތު ދިންކަމަށް ފުލުހުން ބުނެއެވެ. 

އެ މައުލޫމާތު ލިބުމުން އެ ސަރަހައްދު ބަލައިފާސްކުރަމުން ދިޔައިރު 20000 ޑޮލަރާއެކު އެ ދަބަހާއި ވޮލެޓުތަކަކާއި އެހެނިހެން ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ތަކެތި ފެނިފައިވަނީ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާކަމަށާއި މި ތަކެތި މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފައިކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. 

ގުޅުންހުރި ލިޔުންތައް