ބުދަ, ޑިސެމްބަރ 10, 2025
spot_img
- Advertisement -spot_img

އިނގިރޭސިވިލާތުގެ ވާޖިން އެޓްލާންޓިކް ވެސް އާ ޓާމިނަލަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލުން އިނގިރޭސިވިލާތުގެ ވާޖިން އެޓްލާންޓިކްގެ އެއާލައިންސްގެ ހިދުމަތް ވެސް ދޭން ފަށައިފި އެވެ.

އެ އެއާލައިންސްގެ ހިދުމަތް އެތަނުން ދޭން ފެށުން މިއަދު ފާހަގަ ކުރަން ޑިޕާޗަ ސަހައްދުގައި ހާއްސަ ރަސްމިއްޔެއް ބާއްވާފައިވެއެވެ. ވާޖިން އެޓްލާންޓިކަކީ އާ ޓާމިނަލްގައި ހިދުމަތް ދޭން ފެށި 14 ވަނަ އެއާލައިނެވެ. ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިއްޔެ ވަނީ ބްރިޓިޝް އެއާވޭސްގެ ހިދުމަތް ވެސް އާ ޓާމިނަލަށް ބަދަލުކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ވާޖިން އެޓްލާންޓިކް އާ ޓާމިނަލަށް | ފޮޓޯ: އެމްއޭސީއެލް

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އާ ޓާމިނަލް ހުޅުވީ ޖުލައި 26 ގަ އެވެ. އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެއެވެ. މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ.

އިނގިރޭސިވިލާތުގެ ވާޖިން އެޓްލާންޓިކް އާ ޓާމިނަލަށް | ފޮޓޯ: އެމްއޭސީއެލް

އާ ޓާމިނަލުން މިހާރު ހިދުމަތް ދެމުން އަންނަ އެއާލައިންތަކަކީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އެއާ އަރަބިއާ ބިއޯންޑް ފިޓްސް އެއާގެ އިތުރުން ބެއިޖިންގް ކެޕިޓަލް އެއާލައިންސް ބަޓިކް އެއާ ބެންކޮކް އެއާވޭސް އަދި އިންޑިގޯ، ގަލްފް އެއާ، މެލޭޝިއާ އެއާލައިންސް، ސައުދިއާ، ޗޮންގްޗިންގް އެއާ، ބްރިޓިޝް އެއާވޭޒސްއެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް