- Advertisement -spot_img

ކޮލަމާފުއްޓަށް މަސްތުވާތަކެތި ގެންދިޔަ ބަޔަކު ހައްޔަރުކޮށްފި

ގއ. ކޮލަމާފުއްޓަށް ޑްރަގް އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮށްފިއެވެ.

ދިވެހި ފުލުހުން ޚިދުމަތުން ބުނީ ކޮލަމާފުއްޓަށް ޑްރަގް އެތެރެކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ހިނގި އޮޕަރޭޝަނެެއްގައި ލޯންޗެއް ބަލާ ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށާ އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެ މީހުން ހައްޔަރުކުރީ އެ މީހުން އެ ރަށަށް އައި ލޯންޗު ބަލާ ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާއި ގުޅިގެން ކަމަށް ވެސް ބުންޏެވެ. އެގޮތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 30 ރަބަރު ޕަކެޓާއި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށާ އަދި އެކެއްގެ ހަށިގަނޑު ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 44.83 ގްރާމް ހުއްޓެވެ.

އެ މީހުންގެ ވަނަވަރާއި ފޮޓޯވެސް ވަނީ އާންމުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ހާޒިރުކުރުމުން ތިން މީހަކު ހަތް ދުވަހަށް އަދި އަނެއް މީހާ 12 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް