ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

މީޑިއާ ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

އަލަށް އުފެއްދި މީޑިއާ ގާނޫނުގެ ދަށުން ވުޖޫދުކުރި މީޑިއާ ކޮމިޝަނުގެ ރައީސްކަމަށް މީޑިއާ ކައުންސިލުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފަރުޝަތު މި މަގާމަށް އައްޔަންކުރަން ނިންމީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ފަރުޝަތު މި މަގާމަށް އައްޔަންކުރަން ކޮމިޓީއަށް ފެންނަ ކަމަށް ނިންމި މީޑިއާ ކޮމިޝަންގެ ހުރިހާ މެންބަރުންނާ އިންޓަވިއުކުރުމަށް ފަހުއެވެ.

މީޑިއާ ކޮންޓްރޯލު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ. ކޮމިޝަންގެ ރައީސް އަދި ތިން މެންބަރުން އައްޔަންކުރުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން، މަޖިލީހުން އެ ކޮމިޝަނަށް އައްޔަނުކުރީ، ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ފަރުސަތާއި އުވާލާފައިވާ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގުގެ އިތުރުން، އެ ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތެވެ. ނޫސްތަކާ ބްރޯޑްކާސްޓަރުންގެ ފަރާތުން އެ ކޮމިޝަނަށް އައްޔަންކުރީ ވަގުތު ނޫހުގެ ސިމާހާ ނަސީމާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން ޘަގީފް އިހުސާންގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒަމްއަތު އަހްމަދު ވަހީދާއި އަބްދުލްއަޒީޒް އިބްރާހީމެވެ.

ގުޅުންހުރި ލިޔުންތައް