އައްޑޫ ސިޓީ ހިތަަދޫގެ ގެއެއް ތެރޭގައި ދެމަފިރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގެ ހިތަދޫ ގެއެއްގެ ތެރޭގައި ދެ މީހަކު މަރުވެފައި އޮތް މައްސަލައެއް ހުށަހެޅިފައިވާތީ، ސީންގައި ހަރަކާތްތެރިވަމުން އަންނަ ަކމަށެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ދެމަފިރިއެކެވެ.
އަދި އެ ދެ މީހުންގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެއީ ހިތަދޫ ޓޫރިޒަމް ސަރަހައްދާ ކައިރީގައި ހުންނަ ގެއެކެވެ. އެގެއަށް އެދެމަފިރިން ބަދަލުވީ ވަރަށް ފަހުންކަށް ވަނީ އެނގިފައެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލް ފުލުހުން އަދި ހާމައެއްނުކުރެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



