އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ކޮމާޝަލް ކަސްޓަމަރުންގެ 40 ޕަސެންޓް މީހުން ބަރާބަރަށް ކުލި ނުދައްކާ: އެޗްޑީސީ

ކޮމާޝަލް ކަސްޓަމަރުންގެ ތެރެއިން 40 ޕަސެންޓް މީހުން ގަވާއިދުން މަހުންމަހަށް ދައްކަންޖެހޭ ކުލި ނުދައްކާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރ އަހުމަދު ސާމިހް ވިދާޅުވީ ޤަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. އެގޮތުން އިންޒާރު ދިނުމާއި ޖޫރިމަނާކޮށް ސިޓީވެސް އެ ފަރާތްތަކަށް ފޮނުވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ގެނެވުނު އެންމެ މުހިންމު ބަދަލަކީ ކޮމާޝަލް އަދި ރެޒިޑެންޝަލް ކަސްޓަމަރުންގެ ކްރެޑިޓް ޑޭޓާ އެމްއެމްއޭގެ ކްރެޑިޓް ބިއުރޯގައި ރަޖިސްޓްރީކޮށް، މަހުން މަހަށް އަޕްޑޭޓްކުރަމުން ގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމާޝަލް އަދި ރެޒިޑެންޝަލް ކަސްޓަމަރުން އަތުން ލިބެންޖެހޭ 2.7 ބިލިއަން ރުފިޔާގެ ތެރެއިން މިއަހަރުގެ މިހާތަނަށް 223 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ އަހަރު ހޯދުނީ 220 މިލިއަން ރުފިޔާއެވެ.

”އެމްއެމްއޭގައި ރަޖިސްޓްރީ ކުރަމުންދަނީ ހަމައެކަނި ރެޒިޑެންޝަލް ކަސްޓަމާސް އެކަންޏެއް ނޫން. ހުރިހާ ކޮމާޝަލް ކަސްޓަމާސްވެސް ހަމަ އިޝޫއެއް ނޫޅޭ ޝޯޓްއައުޓް ނުވާ ހުރިހާ އެއްޗެއް މިހާރު ހުންނާނީ ރަޖިސްޓަރ ކުރެވިފައި،“ ސާމިހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ ބާކީ އޮތް މުއްދަތުގައި އިތުރު 41 ޕަސެންޓް ފައިސާ ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް