ފ. ނިލަންދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ އެ މަސައްކަތުގެ ދަށުން 90 އިންސައްތަ ނިމިފައިވަނީ ޑްރެޖިން އަދި ރީކްލެމޭޝަންގެ މަސައްކަތް ކަމަށެވެ. އަދި ސޭންޑް ބައިންޑް ވޯލްގެ 81 އިންސައްތަ މަސައްކަތްވެސް ނިމިފައިވާ ކަމަށާއި މުޅި މަޝްރޫއުގެ ޖުމްލަ 55 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން:42.6 ހެކްޓަރުގެ ބިން ހިއްކުން2098 މީޓަރު ބޮޑު ހިލަ ރިވެޓްމަންޓް ޖެހުން1400 މީޓަރު ޖިއޯބޭގް ރިވެޓްމަންޓް ޖެހުންބިން ހިއްކުންއަދި ރިވެޓްމަންޓް ޖެހުންވެސް ހިމެނެއެވެ.
ނިލަންދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 390 ދުވަސްތެރޭ ނިންމާ ގޮތަށެވެ.
ނިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.



