އިންޑިއާ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން ‘10 އޮކްޓޫބަރު 2025 އިން ފެށިގެން އިންޑިއާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު އެޤައުމަށް އެތެރެވުމުގެ ކުރިން ”އީ-އެރައިވަލް ކާޑު“ އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ ގޮތަށް އިންޑިއާގެ އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ.
މިގޮތުން، އިންޑިއާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކުވެސް ފުރުމުގެ ކުރިން (72 ގަޑިއިރުތެރޭގައި) ތިރީގައި މިވާ ލިންކް މެދުވެރިކޮށް https://indianvisaonline.gov.in/earrival/ މި ފޯމް ފުރިހަމަކުރަން ޖެހެއެވެ.
މީގެ ސަބަބުން، އިންޑިއާއިން ދިވެހިންނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވެއެވެ.
އެހެންކަމުން، އިންޑިއާއަށް ދަތުރުކުރައްވާ ފަރާތްތަކުން އިންޑިއާއަށް ދަތުރުކުރެއްވުމުގެ ކުރިން “ އީ-އެރައިވަލް ކާޑު“ އޮންލައިންކޮށް ފުރުއްވުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސް ކުރެއެވެ.



