އާދިއްތަ, އޮކްޓޯބަރ 12, 2025
spot_img
- Advertisement -spot_img

ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަ ފޯނެއްގެ ފޮޓޯ ލީކްނުވާނެ ކަމުގެ ޔަގީންކަންދީފި

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޒާރު ދީ އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން، އެމްޑީޕީގެ އެކްޓިވިސްޓް އައިޝަތު ޝިމަން އަހްމަދުގެ ފޯނު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހިފެހެއްޓި ފަހުން އެ ފޯނުގައިވާ ފޮޓޯއެއް ލީކްވެފައިވާ ކަމަށް ބުނެ ތުހުމަތުތަކެއް ކުރުމުންނެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދާ ހެކި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ބަލަހައްޓަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކަމަށެވެ.

އަދި ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާކަމަށް ކުރާ ތުހުމަތަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ އިދާރާއިން ތަހުގީގުތައް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލް ކަމާއެކު ގާނޫނީ ހަމަތަކުގެ މަތިން ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށާއި، އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދުވެސް އެ އިދާރާއިން އިސްކަންދޭ ކަންކަން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް